Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގައި ހަތަރު ކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް

އިމްރާން ވިދާޅުވީ ހެޔޮ ވެރިކަމެއްގައި ހަތަރު ކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް

ކާމިޔާބު ވެރިކަމެއް ކުރުމަށް ހަތަރު ކަމެއް ފުރިހަމަ ވާންޖެހޭނެ ކަމަށް ހޯމް މިނިސްޓަރު, އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވެފައިވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ޝަރުތުތައް ހަމަވުމަކީ ވަކިކަމެއް ކަމަށާއި، އިންތިހާބުގައި ވާދަކޮށް ކެމްޕޭނެއް ކުރުމަކީ ވަކި ކަމެއް ކަމަށެވެ.

އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންގެ ވޯޓުން ހޮވުމަކީ ވަކި ކަމެއް ކަމަށާއި އަދި ހެޔޮ ވެރިކަމެއް ކުރުމަށް އެނގުމަކީ މުޅިން ވަކިކަމެއް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. އަދި ކާމިޔާބު ވެރިކަމެއް ކުރެވޭނީ މިހުރިހާ ކަމެއް ފުރިހަމަ ކުރެވިގެންކަމަށް އިމްރާން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓް އެރުވުމަށް ރޭ ބޭއްވި ހަރަކާތުގައި މީހުން ބައިވެރިވި އަދަދާމެދު ގިނަބައެއް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިމްރާންގެ އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ. މިކޯލިޝަންގައި އެމްޑީއޭވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް