Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އަފީފް, ނިޒާމީ މައްސަލަތަކާއެކު މަޖިލިސް ހޫނުވެއްޖެ

މަޖިލީހުގެ ރިޔާސަތުގައި އިންނެވީ އަފީފް, ނިޒާމީ މައްސަލަތަކާއެކު މަޖިލިސް ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ނައިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެވަޑައިގެންފިއެވެ.

މިއަދުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލިސް ފެށުމުގެ ކުރިން އަމީންއާންމު ފާތިމަތު ނިޔުޝާ ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިމެންދެން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަން މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސް ނަޝީދު އާއި އީވާ އަބްދުﷲ އަންގަވާފައިވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

އެހެންކަމުން މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސަތު ބަލަހައްޓާނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފުކަން އަމީން އާންމު އިއުލާނު ކުރެއްވިއެވެ.

މަޖިލިސް ފެށުމާއެކު, މަޖިލިސް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގައިގެން އަފީފް މަޖިލިސް ގޮނޑީގައި އިންނެވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި އިތުރު މަސައްކަތެއް ކުރުމަށް ދަނީ ހުރަސް އަޅަމުންނެވެ. މިއަދުގެ އެޖެންޑާގައި އޮތީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނ،ީ މިނިސްޓަރ އޮފްޓަރ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އައިޝަތު ނަހުލާއާއި ސުވާލު ކުރުމެވެ. ނަމަވެސް މުޣުނީ ވަނީ އަފީޒް ރިޔާސަތުގައި އިންނެވި ސަބަބު ވިދާޅު ނުވަނީސް ކުރިޔަށް ގެންދަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް