ޚަބަރު

އެމްޑީއޭއަށް އިތުރު 500 މީހުން ސޮއިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިޔަފާރިވެރިޔާ އަޙްމަދު ޝިޔާމްގެ ޕާޓީ, މޯލްޑިވްސް ޑިވަލޮޕްމެންޓް އެލައިންސް (އެމްޑީއޭ)އަށް އިތުރު 500 މީހުން ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Hajj Corporation

އެމްޑީއޭއިން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތައް ހިންގަމުންނެވެ. އެމްޑީއޭއަކީ ރާއްޖޭގައި 10,000 މީހުން ހަމަވެފައިވާ ހަ ޕާޓީގެ ތެރޭގައި ހިމެނޭ ޕާޓީއެކެވެ.

އަލަށް ގުޅުނު މެންބަރުންގެ ފޯމާ ހަވާލުވެ ވަޑައިގެން, އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވީ އަލަށް އެ ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ މާލެ އާއި ފުވައްމުލަކާއި ނ. އަތޮޅާއި ދ. އަތޮޅުން ސޮއިކުރި މީހުން ކަމަށެވެ. އަދި މެންބަރޝިޕް ޑްރައިވްއަކީ ރިޔާސީ އިންތިޚާބަށް ޕާޓީ ވަރުގަދަ ކުރުމަށް ކުރިޔަށް ގެންދާ ހަރަކާތެއް ކަަމަށް ވިދާޅުވިއެވެ.

އެމްޑީއޭ އަކީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދޭން ތާއީދުކޮށް، އެމްޑީޕީއާ ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. އެ ޕާޓީން އެގޮތަށް ނިންމީ ސިޔާމު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި ނިންމެވުމުން އަނބުރާ ގެންދެވުމަށް ފަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!