އަލީ ވަހީދަށް ކުރި ޖިންސީ ގޯނާކުރި ކަމުގެ ދައުވާތައް އަނބުރާ ގެންގޮސްފި
ޖިންސީ ގޯނާއާއި ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިޔަށް ނުގެންދާން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ އަންގާފައެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަލީ ވަހީދު ބޭރަށް ދިއުމުން ކޯޓަށް ހާޒިރުކުރެވޭނެ ގޮތްނުވެގެން އެ މައްސަލަ ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. ކޯޓުން އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ އަލީ ވަހީދު ކޯޓަށް ހާޒިރު ކުރެވޭގޮތް ވުމުން އަލުން ހުށަހެޅުމަށް ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
ޕީޖީގެ ނޫސްބަޔާނުގައި ބުނެފައިވަނީ އެ މައްސަލައިގައި ހެކިބަސް ދޭންތިބި ގިނަ ފަރާތްތަކަކުން ބަޔާން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އަދި އަނިޔާލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ނުލައި މައްސަލަ ސާބިތު ކުރެވޭނެ މަގެއް ނެތްކަމަށެވެ. އެހެންކަމުން ދައުވާތައް ކުރިއަށް ނުގެންދިއުމަށް ނިންމައި، މައްސަލަ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއްގެ ގޮތުގައި 6 ޖޫން ގައި ޕީޖީ އޮފީހުން ކަނޑައަޅާފައިވާކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ ވެސް އުފުލިއެވެ.
އިނގިރެެސިވިލަަތަސްގޮސް ރައިސް ބައްދަލުކުރި ކުރުމުގެ ނަތިިޗަައަކިި އަނިޔަަަލިބުނުމެެހުންގެ ހިތްހެޔޮކަން