ޚަބަރު

މޫކޭ ރައީސް ނަޝީދަށް: ކުރިންވެސް އަމިއްލަ އަށް ކަޅުތެޔޮ ޖަހާކަން އެމްޑީޕީ އަށް އިނގޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިންވެސް އަމިއްލަފުޅަށް ކަޅު ތެޔޮ ޖަހާކަން އެމްޑީޕީއަށް އެނގޭ ކަމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މޫކޭ މިފަދައިން ވިދާޅުވީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސްގެ ޖަގަހައަށް ބަޔަކު ކަޅުތެޔޮ އަޅާފައިވާ ދަނޑިވަޅެއްގައެވެެ.

އެ ޖަގަހައަށް ކަޅުތެޔޮ ޖަހާފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޕެއިންގެ އޮނިގަނޑު އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުން ކުރިޔަށް ދަނިކޮށެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ އަމިއްލަފުޅަށް ކަޅުތެޔޮ ޖެއްސެވުމާއި، ތަކެއްޗަށް ގެއްލުން ދިނުމާއި، ވެއްޓި ވަޑައިގަތުމާއި، ދުވެ ވަޑައިގަތުމާއި، އަވަސް އަވަހަށް ހައްޔަރުވެ ވަޑައިގަތުން އަދި ދައުރު ފުރިހަމަ ނުކޮށް އިސްތިއުފާ ދެއްވުން ފަދަ ކަންކަމަށް ދިވެހިން ހޭނި ބާވެއްޖެ ކަމަށެވެ.

އަދި “ދަނޑިފުޅު ރަދުންގެ އިހުގެ ކުޅިބަޔަށް ދިވެހިން ފަރިތަ. އަދި އަމުދުން އެމްޑީޕީ މާ ފަރިތަ” ކަމަށް މޫކޭ ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ޖަގަހައަށް ބަޔަކު ކަޅުތެޔޮ ޖެހި މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!