ޚަބަރު

ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅިގެންވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން: ވައްޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބުގައި ގުޅެން ޖެހުނު ބަޔަކާ ގުޅިގެން ނިކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށާއި, ދެން އަންނާނީ އެ ޕާޓީގެ ހިއްސާ އޮންނަ ސަރުކާރެއް ކަމަށް, ދަ ޑިމޮކްރެޓްސްގެ ރައްޔިތުންގެ މަޖިލިސްގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by STELCO

ވައްޑެ މިހެން ވިދާޅުވީ, އަލަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ އެ ޕާޓީ ހަރުގޭގައި ރޭ ކުރިޔަށްދިޔަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

”އަޅުގަނޑުމެން މިދަނީ އަލުން މި ހަރުގޭގައި ސަފުތައް ރުކުލަވާލައިގެން, ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ގުޅެން ޖެހުނު ބަޔަކާއެކީގައި ނިކުމެ, މި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަން. އަންނަ ނޮވެންބަރު މަހު އުފެދޭނީ އަޅުގަނޑުމެން ހިއްސާވާ ސަރުކާރެއް“ ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, “ރައީސް ޞާލިޙަށް މި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމީ ކުޑަވެސް ޝައްކެއް ހިނގާ ކަމެއް ނޫން.” ކަމަށާއި ރައީސް ޞާލިޙް އަމިއްލަފުލަށް ބަލި އިއުލާން ކުރައްވާފައިވާ ކަމަށެވެ. ވައްޑެ އިޝާރާތް ކުރެއްވީ, އިންތިޚާބުން މޮޅުވާނެ ފޯމިއުލާއަކީ ކޯލިޝަން ކަމަށް ރައީސް ޞާލިޙް ވިދާޅުވި, ވިދާޅުވުމެވެ.

”އެމަނިކުފާނާއެކު ޕާޓީއަކަށްވާކަހަލަ ޕާޓީއެއް ނެތް, ޖުމްހޫރީ ޕާޓީއެއް ކޯލިޝަނެއް ނުހެދި. އެމްއާރުއެމްއެއް ކޯލިޝަނެއް ނުހެދި. އަދާލަތު ޕާޓީގެ ވަޒީފާގައި ތިބި މަދު ބަޔަކު ހެދި ނަމަވެސް, އާއްމު މެންބަރުން ތިބީ ސަރުކާރާއެކުއެއް ނޫން. އެމްޑީޕީ ފަޅާލައްވައިފި.” ވައްޑެ ވިދާޅުވިއެވެ.

ރައީސް ޞާލިޙާއެކު ކޯލިޝަން ހައްދަވާފައިވަނީ ހަމައެކަނި އަދާލަތު ޕާޓީއާއި ސަން ޝިޔާމްގެ އެމްޑީއޭއިންނެވެ.

”ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަކީ މި ރާއްޖޭގައި ހިނގާނެ ޗޮއިސްއެއް ނޫން. ކުރިޔަށް މިއޮޮތް 84 ދުވަސް ފަހުން, ފާރުގައި ބަހައްޓާ ފޮޓޯގަނޑެއް ފިޔަވާ އިތުރު އެއްވެސް ދަރަޖައެއް އެމަނިކުފާނަކަށް ނޯންނާނެ.” ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ތަކުރާރު ކުރައްވަމުން ވިދާޅުވިއެވެ.

Ads by Allied Insurance
  1. އުނގުންވިސްނާ

    އަސްތާ ބުނަންތާމަގޭ ކޮއިފުޅާ މިވަތަންގެ އިގްތިސާދު މިދަނީ ފުނޑިގެންނޭ ކޮތަޅުޓެކްސް ކިރުހިއްޕި ޓެކްސް ޖަނގިޔާ ޓެކްސް ވެސް އަދި ނަގާނެއޭ ޖަނގިޔަލުން ޓެކްސް ނަގާނީ އެއީ ޖަނގިޔަލަށް ފޮޑިޖެހޭތީވެ އެއީ ތިމާވައްޓަށް ގެއްލުންވާނެ އެއްޗެއް ކަމަށް ބަހަނާ ދައްކައިގެންނޭ ކިރުހިއްޕިން ޓެކްސް ނަގާނީ އެއީ ޕައިބަރ ގެ ބާވަތް ތަކުން އެ އުފައްދާފައިވާތީއޭ މިހާ ބޮޑަށް ރައްޔިތުންނަށް ލިބޭ އާމްދަނީ ފެލަމުން ސަރުކާރުންދާއިރު މިކަންކަމަށް ނޫންތޭ ތަމެން ވާހަކަ ދައްކަންވީ ތަމެން ގާސިމްގެ އެޑްވައިޒަރުން ތީ ގަމާރު ބީތާއިންނޭ ތަމެން ގަމާރު ކަމުން ތަމެން ވެސް ތިޔާ ވިސްނަނީ މިސަރުކާރުގެ ތިމާވެށި މިނިސްޓަރު ވިސްނާ ގޮތަށް އުނގުންނޭ ތަމެން ތިޔާ ވިސްނަނީ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ އުނގުންނޭ

    • ޑިމޮކްރަސީ

      ހީހީ ތީރަގަޅުވާހަކައެެް މިކަލޭގެ ވެރިކަން ނިމޭއިރު ނުވިހާދަރިންގެ ފޫޅައްދަންދެން ޓެކްސް ނަގާނެ

  2. އައިމިނަ

    ރިޔާސީ އިންތިޚާބު ކާމިޔާބު ކުރަން ބޭނުމިއްޔާ އެމްޑީޕީ އާއި ގުޅޭށެވެ. އެކަމަކު އެމްޑީޕީ އޮތީކީ ދަދޮގުމަޓިކްސް އަކާއި ގުޅޭގޮތަކަށް ނޫނެވެ.

  3. ެތޯލާ

    ކަލޭމެން އިޒްރޭލާ ގުޅެންވީނު. ވަރަށް ފަސޭހަވާނެ އޭރުން.