Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިސްލާޙީ މަސައްކަތް ކުރިއަރައިގެންދާން, އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބެން ޖެހޭ: އިމްރާން

އިސްލާޙީ މަސައްކަތް ކުރިއަރައިގެންދާން, އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބެން ޖެހޭ: އިމްރާން

ރާއްޖޭގައި 2005ވަނަ އަހަރު ސިޔާސީ ޕާޓީތައް އުފެދި އަންނަމުންދާ ކުރިއެރުމުގެ މަރުހަލާގައި, ރާއްޖޭގެ ދީނީ އިލްމުވެރިން އެއް ވިސްނުމެއްގައި ސާބިތުވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް, ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ, ރިޔާސީ އިންތިޚާބާއި ބެހޭ ގޮތުން އެ ޕާޓީގެ މެންބަރުންނާ ރޭ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީން ތާއީދު ކުރުމަށް ނިންމާފައިވަނީ, މިހާރު ވެސް އެ ޕާޓީން ކޯލިޝަން ހަދާފައިވާ އެމްޑީޕީއާއެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

“އެންމެ މުހިންމު ކަމަށްކަށް އޮތީ, އިލްމުވެރިން އެއް ވިސްނުމެއްގައި, އެއް ގޮތެއްގައި ސާބިތުވެ ތިބުން” އިމްރާން ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި އިސްލާޙީ މަސައްކަތް ކުރެވޭނީ އޭރުން ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މާޒީއަށް ބަލާލުމުން އެ ޕާޓީއަށް ލިބެމުން އަންނަ ކުރިއެރުން ފެންނާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އިމްރާންގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, ދުނިޔެއަކީ ގުޅި ލާމެހިފައިވާ ތަނެއް ކަމަށާއި އެހެންކަމުން އެހެން ޤައުމުތަކުން ފިލާވަޅުތައް ލިބިގަންނަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް އިސްލާމީ ދުނިޔޭގެ ސިޔާސީ ހަރަކާތްތަކާއި ސިޔާސީ ޕާޓީތައް މަސައްކަތް ކުރާ ގޮތާއި، ކުރިއަރާ ގޮތާއި، އެޕާޓީތަކުގެ ވިސްނުން ބައްޓަން ކުރަމުންދާ ގޮތާއި، ދަރުސްތަކުން އިބުރަތް ލިބިގަނެގެން އޭގެ މައްޗަށް މަސައްކަތް ބައްޓަން ކުރަންޖެހިފައިވާ ކަމުގައެވެ.

“އަޅުގަނޑުމެންނަކީ މުޅި ދުނިޔެއާ އެކަހެރިވެ, ވަކިން ދިރިއުޅެވޭނެ ބައެއް ނޫން. ދުނިޔެއާ ގުޅި ލާމެހި, ދުނިޔެއަށް އަންނަ ބަދަލުތަކުގެ ތެރޭގައި, އެއާ ގުޅި ލާމެހި, އެއާއެކުގައި ކުރިޔަށް ދެވެން އޮތް ބައެއް” އިމްރާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް