ޑިމޮކްރެޓްސް އިން ޕާޓީ ރެޖިސްޓްރީ ނުކޮށްދީގެން އިލެކްޝްންގައި
ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އަލަށް އުފެެއްދި ޕާޓީ “ދަ ޑިމޮކްރެޓްސް”ގެ ރެޖިސްޓްރީ ދޫނުކޮށް އިލެކްޝަން ކޮމިޝަނުން ލަސްކުރާތީ އެ ޕާޓީގެ މެމްބަރުން އެ ކޮމިޝަނަށް ވަޑައިގެންފިއެވެ.
ޑިމޮކްރެޓްސްއިން ވިދާޅުވީ ރެޖިސްޓްރީ ލިބުން ލަސްކަމަށް ބެލެވޭތީ އެ ޕާޓީއަށް ތާއީދުކުރައްވާ މެމްބަރުން އިލެކްޝަން ކޮމިޝަނުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިލެކްޝަންގައި ތިބި މެމްބަރުންގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، ރައްޔިތުންގެ މަޖިލިސްގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހިމެނެއެވެ.
ހައްޖުމަހު ހަނދު ބަލަން ގޮސްތިބި ބަޔެއްތޯ ؟