Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޕީޖީ އޮފީހުގެ މުވައްޒިފުން ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނިކުންނަން ޖެހޭ ގޮތަށް ހަދައިފި

ޕީޖީ އޮފީހުގެ މުވައްޒިފުން ހަފްތާއަކު ހަތަރު ދުވަހު އޮފީހަށް ނިކުންނަން ޖެހޭ ގޮތަށް ހަދައިފި

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ހަފްތާއަކު 4 ދުވަހު އޮފީހަށް ނިކުންނަ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ހަމަޖައްސަވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ތަޖުރިބާކުރުމުގެ ކުރުމުގެ ގޮތުންނެވެ. މިފެށޭ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 4 ވަނަ ދުވަހާ ހަމައަށް އެއޮފީހުގެ މުވައްޒިފުން އޮފީހަށް ހާޒިރުވެ މަސައްކަތް ކުރާނީ ހަފްތާއަކު 4 ދުވަހުއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ "ހަތަރު ދުވަހުގެ މަސައްކަތު ހަފްތާ"ގެ މުއްދަތުގައި މުވައްޒަފުންގެ ޕާރފޯމަންސް ދުވަހުން ދުވަހަށް ބަލަމުންގޮސް، މި ތަޖުރިބާއަކީ ނާކާމިޔާބު ތަޖުރިބާއެއްނަމަ، މި ތަޖުރިބާ ހުއްޓާލައި ޢާންމު އުޞޫލުން 5 ދުވަހު މަސައްކަތްކުރާގޮތަށް އަލުން އިޢާދަކުރެވޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ޕީޖީ އޮފީހުންވާނީ ފާއިތުވެދިޔަ ރަމަޟާންމަހުގެ ތެރޭގައިވެސް ހަތަރު ދުވަހު މަސައްކަތް ކުރުން ތަޖުރިބާކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް