Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

3،000 ފޯމު ހަމަނުވަނީ ރައްޔިތުން ދަ ޑިމޮކްރެޓްސް ބަލައިނުގަންނާތީ: ރޮޒައިނާ

3،000 ފޯމު ހަމަނުވަނީ ރައްޔިތުން ދަ ޑިމޮކްރެޓްސް ބަލައިނުގަންނާތީ: ރޮޒައިނާ

3،000 ފޯމު ހަމަނުވަނީ ރައްޔިތުން ދަ ޑިމޮކްރެޓްސް ބަލައިނުގަންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ޑިމޮކްރެޓްސްއަށް އޮތަސް ދައްކަންޖެހޭ ވާހަކަތަކާއި ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށެވެ.

އަދި ކުރާ މަސައްކަތް ވެސް ނުހުއްޓުވޭނެ ކަމަށާއި މައިނޯރިޓީ މެޖޯރިޓީއަށްވެސް ބަދަލު ނުކުރެވޭނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

“ދަ ޑިމޮކްރެޓްސް އެކައްޗަކަށް ވެސް ނުވާނެ. ޕާޓީ އެއް ވެސް ނޫން ތީކީ. ޕާޓީއެއް ކަމަށް ހެދިގެން މުޅި މްޖިލިސް ހިސޯރުކޮށްގެން އެޅުއްވާ އުޅުއްވުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫން” ރޮޒައިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް