ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން, އަދި މިހައިތަނަށް ވެސް ކޮށްފައެއް ނެތް: ޝަރީފް

ރައްޔިތުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނެކަމަށާއި އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތްކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
"ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެން ޚިދުމަތް ހޯއްދަވައި ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ޔަގީން ކުރައްވާ. ސްޓެލްކޯއިން އަޅުގަނޑުމެން ތިބޭފުޅުން ބޭނުން ނުކުރައްވާ ކަރަންޓަކަށް ބިލެއް ނުކުރާނަން. އަދި މިހާތަނަށް ވެސް ކޮށްފައިއެއް ނެތް. ކުރިމަގުގައިވެސް ނުކުރާނަން" ޝަރީފް ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ ކޮންމެ މަހަކު ކަރަންޓުބިލު ހަވާލުކުރުމުން އެކުންފުންޏަށް ކުރެއްވެމުން އަންނަ ތުހުމަތުތަކުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް މި އަހަރުތެރޭ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.
ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހާއި ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ކޮށްފަ އޮތީމަ އެހާ ބާރުލާފަ އެ ބުނަނީ