Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވައްޑެގެ ސުވާލެއް: ސިޔާމަށް ޗުއްޓީއެކޭ ރަސްމީ ދުވަހެކޭ ތަފާތެއް އެބައޮތްތޯ؟

ވައްޑެގެ ސުވާލެއް: ސިޔާމަށް ޗުއްޓީއެކޭ ރަސްމީ ދުވަހެކޭ ތަފާތެއް އެބައޮތްތޯ؟

ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ) ސުވާލުއުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުންނަށް މުހިއްމު ބިލްތަކެއްގެ މަސައްކަތް މަޖިލީހުގައި އެބަ ހުރިކަމަށެވެ. އެހެންކަމުން އެބިލުތައް ނުނިންމައި މަޖިލީސް ޗުއްޓީއަށް ދިއުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް މިފަދައިން ވިދާޅުވުމާއި ގުޅިގެން ވައްޑެ ވަނީ ސިޔާމަށް ޗުއްޓީއެކޭ ރަސްމީ ދުވަހެކޭ ތަފާތެއް އެބައޮތްތޯ ސުވާލުކޮށްފައެވެ.

Advertisement
HDC — Sidebar (box)

މިއަދުގެ ޖަލްސާގައި މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެކަމަށް ވަކިގޮތެއް ނިމިފައެއް ނުވެއެވެ. މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް