ޚަބަރު

ރޭޕް ކޭސް: ރިސޯޓު މުވައްޒަފުގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ފަރި އައިލެންޑުގައި ރޭޕް ކުރި ފަތުރުވެރިޔާ

އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔަކު، ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ރިސޯޓު މުވައްޒަފުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ އެ މައްސަލާގައި ޕާސްޕޯޓު ހިފަހައްޓާފައިވަނީ އުމުރުން 30 އަހަރުގެ ޒުވާނެއްގެ ކަމަށެވެ. އަދި ޕާސްޕޯޓު ހިފަހައްޓާފައިވަނީ، އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް އެދުމުން އިއްޔެ ކަމަށްވެސް ފުލުހުން ހާމަކޮށްފައި ވެއެވެ.

އަތޮޅުގައި އޮންނަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑް ރިޒޯޓުގައި ރޭޕް ކުރި ޔޯލީ ޔިޓޮންގް ނަމަކަށް ކިޔާ މި ފަތުރުވެރިޔާއަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ދިރިއުޅެމުން އަންނަ ޒުވާން އަންހެން ކުއްޖެކެވެ. ރާއްޖޭގެ ރިސޯޓެއްގައި އޭނާ ރޭޕް ކުރި ވާހަކަ, ޓްވީޓް ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަމަށް އެކަން ވަނީ އައިސްފައެވެ.

އަލަށް ހުޅުވި އެކައުންޓަކުން އެ ވާހަކަތައް ކިޔައިދިންއިރު, ޖުމްލަ 3.4 މިލިޔަން މީހުންނަށްވުރެ ގިނަ މީހުންނަށް އޭނާގެ ޓްވީޓް ފެނިފައިވެއެވެ. އެ ޓްވީޓް ވަނީ 34ހާސް މީހުން ރީޓްވީޓްކޮށްފައެވެ. އަދި 20ހާސް މީހުން ޓްވީޓަށް ލައިކް ދީފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!