Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ފަޅުވިއްކުން ހުއްޓުވީ ސަރުކާރުން އަޑީގައި އޮވެގެން އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވާދަކުރާތީ: ގާސިމް

ފަޅުވިއްކުން ހުއްޓުވީ ސަރުކާރުން އަޑީގައި އޮވެގެން އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވާދަކުރާތީ: ގާސިމް

ކ. ވާވެއްދިފަޅު ނުވަތަ ވާރެއްދޫ ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވީ، ސަރުކާރު އަޑީގައި އޮވެގެން، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާތީ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ, ޕެރަޑައިސްގައި މިއަދު ކުރިޔަށްދިޔަ އެ ޕާޓީގެ 158 ކައުންސިލް ބައްދަލުވުމުގައެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުންނާއި، އެންޓި ކޮރަޕްޝަންގެ ކޮމިޝަނުންވެސް ނިމިފަ އޮތް މައްސަލައެއްގައި  މީހަކު ލާ ސިޓީއަކަށް ފަޅު ވިއްކުން ހުއްޓުވިގެން ނުވާނެ ކަމުގައެވެ.

"ސުޕްރީމް ކޯޓުން ނިމިފަ، އެންޓިކަރަޕްޝަން ކޮމިޝަނުން ނިމިފަ އޮތްކަމެއްގަ، އިތުރަށް ކޮންތާކުން ކާކު ލާ ސިޓީއެއްތޯ ބަލައިގަނެގެން ހުއްޓުވަން އޮތީ އެ ޕްރޮޖެކްޓު؟ ނުތަވަ އެ މައްސަލަ. ވިދާޅުވެބައްލަވާ. ކާކަށްތޯ ހުއްޓުވޭނީ؟ ރައީސުލްޖުމުހޫރިއްޔާއަށްވެސް ސުޕްރިމް ކޯޓުން ނިންމީމަ ދެން ރައްޔިތުންގެ މަޖިލީހަށްވެސް ނޯންނާނެ އޭގެ ބާރެއް. ގާނޫނުއަސާސީގަ އޮތްގޮތް އެއީ" ގާސިމް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ސަރުކާރަށް ފާޑުވިދާޅުވެ އިތުރަށް ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ. އަދި ރައީސް ޞާލިޙް އިތުރު ދައުރަކަށް ކުރިމަތިލެއްވުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ސާފުވެފައިވާ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް