Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގޮތްނޭނގޭ ޖަނަވާރު ހޯދަން މާފަރަށް ސިފައިން އަރައިފި

ގޮތްނޭނގޭ ޖަނަވާރު ހޯދަން މާފަރަށް ސިފައިން އަރައިފި

ނ.މާފަރުން އެއާޕޯޓު ސަރަހައްދުން އިއްޔެގެ ވަގުތެއްގައި ފެނުނު ގޮތްނޭނގޭ ޖަނަވާރު ހޯދުމަށްޓަކައި، އެ އެރަށަށް ހަތިޔާރާ އެކުގައި ސިފައިން އަރައިފިއެވެ.

މިކަން ހާމަކުރައްވައި އެ ރަށު ކައުންސިލުން ވިދާޅުވީ، އެއާޕޯޓް ސަރަހައްދާއި ރަށުތެރެ ބެލެހެއްޓުމުގެ މަސައްކަތުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

"މިނިކާވަގެއް" ކަމަށް ބެލެވޭ ޖަނަވާރެއް ފެނިގެން އުޅޭކަން ސަމާލުކަމަށް އައީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އެ ޖަނަވާރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

ބިދޭސީ މަސައްކަތްތެރިއަކު ނެގި އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ، ރާއްޖެއިން ފެންނަ ބާވަތުގެ ޖަނަވާރެއް ކަމަކަށް ނުބެލެވެއެވެ. އެ ޖަނަވާރު ފެނުނު ސަރަހައްދު ފެންސު ޖަހައިގެން ބަންދު ކޮށްފައިވާއިރު، މާފަރުގެ ރައްޔިތުން ތިބީ، އެ ސޮރު ރަށު ތެރެއަށް އަރައިފާނެތީ، ކަންބޮޑުވުމެއްގެ ތެރޭގައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް