Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ސިޔާސީ

ރާއްޖެއަށް އެންމެ ހެޔޮގޮތަކީ ރައީސް ޞާލިހް: ޝަރީފް

ރާއްޖެއަށް އެންމެ ހެޔޮގޮތަކީ ރައީސް ޞާލިހް: ޝަރީފް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ބުރަކަށް މާބޮޑަށްވެސް "އޯކޭ" ކަމަށާއި ރާއްޖެއަށް އެންމެ ހެޔޮ ގޮތަކީވެސް ރައީސް ޞާލިހް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިއަދު ވިދާޅުވީ ރައީސް ޞާލިހަކީ ރައްޔިތުންގެ ބޭނުންތައް ދެނެވަޑައިގަންނަވާ އޯގާތެރި ވެރިއެއްކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ ރައްޔިތުންގެ ބޭނުންތައް ދެނެވަޑައިގަންނަވާ އޯގާތެރި ވެރިއެއް. ދެވަނަ ދައުރަކަށް މާބޮޑަށްވެސް އޯކޭ. ރާއްޖެއަށް އެންމެ ހެޔޮގޮތަކީވެސް ހަމަ ރައީސް ޞާލިހް" ޝަރީފު ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ޝަރީފު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށް ގެންދާ "ބިންވެރިޔާ ސްކީމް"ގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން އިއުލާނު ކުރުމާއި ގުޅިގެންނެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް