Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޯތި ދިނުމަކީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ޙައްލެއް: ސިޔާމް

ގޯތި ދިނުމަކީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ޙައްލެއް: ސިޔާމް

މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން ގޯތި ދިނުމަކީ އިންޤިލާބީ ޙައްލެއް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަޙުމަދު ސިޔާމު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިފަދައިން ވިދާޅުވެފައި ވަނީ، ސަރުކާރުގެ "ބިންވެރިޔާ" ޕްރޮގާމްގެ ދަށުން މާލެ އިން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރުމާ ގުޅިގެންނެވެ.

ސިޔާމް ވަނީ މިކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވައިފައެވެ.

Advertisement
Allied — Dhen Online (box)

"އަޅުގަނޑު ހަނދާން ހުންނަން ފެށީއްސުރެ ވެސް އޮތް އެންމެބޮޑު މައްސަލަ މާލޭ ރައްޔިތުންގެ ގޯތީގެ މަައްސަލައަށް އިންޤިލާބީ ހައްލެއް ގެނެސް ދެއްވައި މާލޭ ސަރަހައްދުގެ އެންމެ ބޮޑު މައްސަލައިގެ ނިޒާމަށް މި ގެނެސްދެއްވި ބަދަލަށްޓަކައި ރައީސަށް އަޅުގަނޑުގެ ހިތުގެ އިހްލާސްތެރި ޝުކުރާއި މަރުޙަބާ ދަންނަވަން." ސިޔާާމް ވިދާޅުވިއެވެ.

ގޯތި ލިބުނު މީހުންގެ ލިސްޓް އާންމުކޮށް، އަންނަ މަހުގެ 15 އާ ހަމައަށް ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް