Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހި ޙައްޖުވެރިން އަންނަން ފަށާނީ އަންނަ މަހުގެ ހަތެއްގައި

ދިވެހި ޙައްޖުވެރިން އަންނަން ފަށާނީ އަންނަ މަހުގެ ހަތެއްގައި

މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ޙައްޖުވެރިން އަންނަމަހުގެ 7 އިން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަމަށް ސަޢުދީއަށް ދިޔަ ދިވެހި ޙައްޖުވެރިން އަންނަމަހުގެ ހަތްވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަން ފަށާނެކަމަށެވެ. އެގޮތުން ދިވެހި ޙައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ 6 ފްލައިޓެއްގައެވެ.

އެންމެ ފުރަތަމަ ދެ ފްލައިޓް އޮތީ ޖުލައި ހަތް ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއައުމަށް ހަމަޖެހިފައިވަނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ ގްރޫޕެވެ. ތިން ވަނަ ފްލައިޓުން ޖުލައި 10 ވަނަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ގްރޫޕެކެވެ.

Advertisement
Ooredoo — Square (box)

މި އަހަރު ރާއްޖެއަށް ޙައްޖަށް މީހުން ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ ދަށުން ޙައްޖު ކޯރޕަރޭޝަންގެ އިތުރުން އަމިއްލަ 3 ގްރޫޕެއްގެ ޙަވާލުގައި ދިވެހިން ޙައްޖަށްގޮސްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި 881 ޙައްޖުވެރިން ގޮސްފައިވެއެވެ. ރާއްޖޭން ދެން ޙައްޖަށް މީހުން ގެންދިޔަ ގްރޫޕްތަކަކީ، އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕް، އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް