Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޯތި ލިސްޓު މިހާރު އޮތް ގޮތުން ވޯޓާސް ލިސްޓަށް ބަލަންޖެހޭ: ޝިޔާމް

ގޯތި ލިސްޓު މިހާރު އޮތް ގޮތުން ވޯޓާސް ލިސްޓަށް ބަލަންޖެހޭ: ޝިޔާމް

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ސަރުކާރުން ދިނުމަށް ނިންމައި ޢާންމުކޮށްފައިވާ ގޯތި ލިސްޓު މިހާރު އޮތް ގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓާސް ލިސްޓަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މާލެ ރައްޔިތުންނަށް ޚާއްސަ ކުރާ ގޯތިތަކުން އިންޑިއާގެ ބައެއް ފަރާތްތަކަށް ގޯތި ލިބިފައިވުމާއި ގުޅިގެންނެވެ. ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި އިންޑިއާގެ 10 މީހުން ހިމެނެއެވެ.

މިކަމާއި ގުޅިގެން ޝިޔާމް ވިދާޅުވީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށެވެ. އަދި މިލިސްޓުގައި ބިދޭސީން ވަކިން ޚާއްސަކޮށް އިންޑިއާއަށް ނިސްބަތްވާ މީހުންގެ ނަންތައް އޮތުމަކީ ކަންބޮޑުވުމެއް ކަމަށާއި މިލިސްޓު މިހެން އޮތުމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިިވާ ވޯޓާސް ލިސްޓަަށް މާބޮޑަށްވެސް ސަމާލުވާންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“މިވަރުވީމާ ވޯޓާސް ލިސްޓް އާދަޔާއި ޚިލާފަށް ބަލަންޖެހޭ. މިފަހަރު އިބްރާހިމް މުހައްމަދު ޞާލިހު ހިފާފަ މިހިރީ ދިވެހި ރައްޔިތުންގެ ބައެއް ނެތި ޤައުމުގެ ކަންކަން ނިންމަން. ދިވެހިންނަށް ނުލިބި ބިދޭސީންނަށް ދިވެހި ބިމުން ޚާއްސަކޮށް ގިނަ އަދަދެއްގެ އިންޑިއާ މީހުންނަށް ގޯތި ލިބުނު ގޮތެއް ބަލަންޖެހޭ” ޝިޔާމް ވިދާޅުވިއެވެ.

މި ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ހިލޭ ގޯތި ލިބޭ މާލޭ މީހުންގެ ލިސްޓް ސަރުކާރުން އިއުލާން ކުރީ، މިދިޔަ ހޯމަ ދުވަހުއެވެ. މި ސްކީމްގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް