ބަންދުން ދޫކޮށްލިތާ އެއްދުވަސް ފަހުން މީހަކަށް މަރުގެ އިންޒާރު ދީގެން ހައްޔަރުކޮށްފި
އައްޑޫ ސިޓީ ހުޅުމީދޫގައި އަމަން ނަގާލަން އުޅުމުން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލިތާ އެއްދުވަސް ފަހުން މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ސ. ހުޅުމީދޫ، ރަށުތެރޭގެ އަމަން ނަގާލަން އުޅުމުގެ ތުހުމަތަށް އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 27 ވަނަ ދުވަހު ހައްޔަރަށް ނެގުމަށް ފަހު 24 ގަޑި އިރު ފަހުން ދޫކޮށްލާފައިވާ ކަމަށެވެ.
އޭގެ ފަހުން އިއްޔެ އަލުން އޭނާ ހައްޔަރުކޮށްފައިވަނީ މީހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުނެފައިވެއެވެ.
މިދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.
Ads by Allied Insurance