Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީސީއަށް އެންމެ ފުރަތަމަ ވަންނާނީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު: ޝިޔާމް

އީސީއަށް އެންމެ ފުރަތަމަ ވަންނާނީ ރައީސް ޔާމީންގެ ކެނޑިޑެސީ ފޯމު: ޝިޔާމް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިލެކްޝަނަށް އެންމެ ފުރަތަމަ ވަންނާނެ ކެނޑިޑެސީ ފޯމަކީ ރައީސް ޔާމީންގެ ފޯމު ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ އޯޝަން ވީކްލީއިން "ޔާމީނެއްވެސް ނޫން. ނަޝީދެއްވެސް ނޫން. ގުޅިފައިވާ ޕާޓީތަކުގެ ކެނޑިޑޭޓެއް" މި ނަމުގައި ޓްވިޓާގައި ޖަހާފައިވާ ޕޯސްޓާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެންމެ ފުރަތަމަ ޕާޓީއަކުން ކަނޑައަޅަ އެކަން އިއުލާނު ކުރީ ޕީޕީއެމްއިން ރައީސް ޔާމީން ކަމަށެވެ. ރައީސް ޔާމީނަކީ މިއިންތިޚާބުގައި އެންމެ ފުރަތަމަ އިލެކްޝަނަސް ކޮމިޝަނަށް ވަންނާނެ ކެނޑިޑެސީ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

“މިހާރު އޯޝަން ވީކްލީ ވެސް ހުވަފެނީ ވާހަކަ ދައްކަންފެށީ؟ ޕީ.ޕީ.އެމްގެ ކެންޑިޑޭޓު ރައީސް ޔާމީނަކީ އެންމެ ފުރަތަމަ ޕާޓީ އަކުން 2023 އަށް ދެއްކި ރިޔާސީ ކެންޑިޑޭޓު. އަދި 23 ޖުލައިގައި އެންމެ ފުރަތަމަ އިލެކްޝަނަށް ވަންނާނީ އެމަނިކުފާނުގެ ކެންޑިޑެސީ ފޯމު” ޝިޔާމް ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް