Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނިވައިކަން ކުޑަ ހެދުމުގައި ނެށި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: ޑރ.ޢަލީ ޒާހިރު

ނިވައިކަން ކުޑަ ހެދުމުގައި ނެށި މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ: ޑރ.ޢަލީ ޒާހިރު

ޢީދު ކުޅިވަރު ފާހަގަކުރުމުގެ ތެރެއިން، ނިވައިކަން ކުޑަ ހެދުން އަޅައިގެން ކުރިއަށްގެންދިޔަ ސްޓޭޖް ހަރަކާތަކީ ކަނޑައެޅިގެން ދީނާ ޚިލާފުކަމެއް ކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ޝެއިޚް މިފަދައިން ވިދާޅުވީ، އަޟްޙާ ޢީދު ފާހަގަކުރަން ގއ.ވިލިނގިލީގައި ބޭއްވި ސްޓޭޖް ޝޯގައި، ނަށާ ގްރޫޕަކުން ގަޔަށް ބާރު، ގައިގެ ހަމުގެ ކުލައިގެ ހެދުން އަޅައިގެން ނެށި މައްސަލާގައެވެ.

ޢަލީ ޒާހިރު ވިދާޅުވީ އިސްލާމްދީނާއި އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ޢީދު ކުޅިވަރުގެ ގޮތުގައި ނިވައިކަމެއްނެތި ބާއްވާފައިވާ ސްޓޭޖް ހަރަކާތަކީ ކަނޑައެޅިގެން ދީނާޚިލާފު ކަމެއް ކަަމަށެވެ.

Advertisement
Ooredoo — Square (box)

އަދި އެއީ މުޖުތަމައުގައި ފާހިޝް ކަންކަން އާންމު ކުރުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކުރައްވައި، ޝެއިޚް ވަނީ، އެކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ނިވާކަން ކުޑަ ހެދުން ލައިގެން ނެށި މައްސަލައިގައި އިދިކޮޅު ފަރާާތްތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވާއިރު، ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވަނީ، ޢީދު ކުޅިވަރުގެ ތެރެއިން ވިޔަސް، ހެދުން އެޅުމުގައި ކޮންމެވެސް މިންގަނޑެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް