Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ނިޔާވި ޙައްޖުވެރިޔާ މައްކާގައި ވަޅުލައިފި

ނިޔާވި ޙައްޖުވެރިޔާ މައްކާގައި ވަޅުލައިފި

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ހުއްޓައި، ނިޔާވި ދިވެހި ޙައްޖާޖީ، މައްކާގައި ވަޅުލައިފިއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ގޮސް ހުއްޓައި ނިޔާވީ، މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ހަސަން ،72 އެވެ.

އޭނާ ނިޔާވީ މައްކާގެ ސައުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ޢަލީ ހަސަން ޙައްޖަށް ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

Advertisement
Allied — Dhen Online (box)

ޙައްޖު ކޯޕަރޭޝަނުން ބުނީ ޢަލީގެ ކަށުނަމާދު އޮތީ އިއްޔެގެ އަސްރު ނަމާދަށް ފަހު މަސްޖިދުލްހަރާމްގައި ކަމަށެވެ. އަދި ޢަލީ ވަޅުލާފައިވަނީ މައްކާގެ މަގްބަރަތުއް ޝުހަދާއުލް ހަރަމްގައި ކަމަށެވެ.

ޢަލީ އަކީ ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން ނިޔާވި ދެވަނަ މީހާ އެވެ. މީގެކުރިން ނިޔާވީ ގެއްލިގެން ހޯދަމުންދިޔަ ދިވެހި ޙައްޖުވެރިއެއް ކަމަށްވާ މުޙައްމަދު ނަސީމް ޢަލީއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް