Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީީސް ޔާމީންގެ ރިޔާސީ ކެމްޕެއިން: މިއަދު ދޮރުން ދޮރަށް

ރައީީސް ޔާމީންގެ ރިޔާސީ ކެމްޕެއިން: މިއަދު ދޮރުން ދޮރަށް
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް މިއަދު ރަސްމީކޮށް ފަށަން ނިންމައިފިއެވެ. ޕޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ރައީސް ޔާމީންގެ ކެމްޕެއިން ހަރަކާތެއްގެ ގޮތުން މާލޭގައި މިއަދު ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް އޮންނާނެ ކަަމަށާއި، މި ހަރަކާތް ފަށާނީ މިއަދު މެންދުރު 1:45 ގައި ކަމަށެވެ.

ރައީސް ޔާމީންގެ ކެމްޕެއިނުގައި، މިއަދު ދޮރުން ދޮރަށް ހިނގަން ފަށާއިރު، އެމަނިކުފާނު މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ކްރިމިނަލް ކޯޓުން، ރައީސް ޔާމީންގެ މައްޗަށް މި ޙުކުމް އިއްވެވީ، ވ. އާރަށުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް