Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޤުރުއާނުގެ މުސްޙަފެއް އަންދައިލި މައްސަލައިގައި އޯއައިސީގެ ބައްދަލުވުމެއް ބާއްވަނީ

ޤުރުއާނުގެ މުސްޙަފެއް އަންދައިލި މައްސަލައިގައި އޯއައިސީގެ ބައްދަލުވުމެއް ބާއްވަނީ
ސްވިޑެންގައި ޤުރުއާންގެ މުސްޙަފެއް އަންދާލުމާއި ގުޅިގެން އުފެދުނު ނުތަނަވަސްކަމާއި ގުޅިގެން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ، ޖިއްދާގައި އަންނަ އާދިއްތަ ދުވަހުއެވެ. އޯއައިސީގެ މި ބައްދަލުވުން އޮންނާނީ އެ ކޯޕަރޭޝަނުގެ މިހާރުގެ ސެޝަން ޗެއާ ސައުދީ އަރަބިއްޔާގެ ދައުވަތަކަށެވެ.
ސްވިޑެންގައި ޤުރުއާާން އަންދައިލީ މިދިޔަ ބުދަ ދުވަހުއެވެ. އެ ޤައުމުގެ ސްޓޮކްހޯމް ސެންޓްރަލް މިސްކިތުގެ ބޭރުގައި މި ނުބައި ޢަމަލު ހިންގީ، އިރާގުގެ ރެފިއުޖީ ސަލްވާން މޮމިކާއެވެ. އޭނާ މިކަން ކުރީ ސްވިޑެންގެ ފުލުހުންގެ ހުއްދަ އާއި ހިމާޔަތް ވެސް ލިބިގެންނެވެ.
އިސްލާމީ ޤައުމުތަކުން މޮމިކާގެ މި ޢަމަލު ކުށްވެރި ކުރިއިރު، ކުވައިތު، އިރާގު، މޮރޮކޯ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ވަނީ އެޤައުމުތަކަށް ސްވިޑެންއިން ކަނޑައަޅާފައިވާ މަންދޫބުން ހާޒިރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް