ޚަބަރު

އައިޖީއެމްއެޗަށް 22 ޑޮކްޓަރުން ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
އައިޖީއެޗްއަށް 22 ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އައިޖީއެމްއެޗް އިން ކުރި އިއުލާންގައި ބުނެފައި ވަނީ މެޑިކަލް އޮފިސަރުންގެ ވަޒީފާއަށް ހޯދާ މީހުންގެ އެންމެ އަަސާސީ ޝަރުތަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުން ކަމަށެވެ. އެއީ ރޭންކް-7 ގައި ހިމެނޭ ވަޒީފާ އެކެވެ.

Ads by Sosun Fihaara

މިރޭންކްގެ ޑޮކްޓަރަކަށް އަސާސީ މުސާރައިގެ ގޮތުގައި -/18129 ރުފިޔާ އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި -/10382 ރުފިޔާ އަދި މަސައްކަތައް ހާޒިރުވާ ކޮންމެ ދުވަހަކު -/281 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން މަހަކު 24 ދުވަހު ވަޒީފާ އަށް ނިކުންނަ ޑޮކްޓަރެއްގެ މުސާރައަށް ޖުމްލަ -/35255 ރުފިޔާ ލިބޭނެއެވެ.

އައިޖީއެމްއެޗްގެ އިއުލާންގައި ބުނެފައި ވަނީ ޑޮކްޓަރުންގެ ވަޒީފާއަށް ޖުލައި މަހުގެ 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!