Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޭ ޕާކް މަންޑޭގެ ބަންދަށް 15 ދުވަސް

ކޭ ޕާކް މަންޑޭގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތަކުގެ މައްސަލާގައި ފުލުހުން ޖިނާއީ ތަހުގީގު ހިންގަމުންދާ ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

އިއްޔެގެ ވަގުތެއްގައި މަންޑޭ ހައްޔަރުކޮށްފައިވަނީ އޭނާ ފިލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި ފުލުހުން އެދިގެން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމާއެކު ރާއްޖެއިން ފުރައިގެން ދިއުމަށް މަންޑޭ މަސައްކަތް ކުރި ކަމަށް އިތުބާރު ހުރި ބައެއް ފަރާތްތަކުން ޔަގީންކޮށްދީފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

ކްރިމިނަލް ކޯޓުން މަންޑޭގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކުރީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހު 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތުކުރުމަށްފަހުއެވެ.

އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ "ކޭ ޕާކް ރެޒިޑެންސް" ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް ހުށަހެޅީ މައްސަލަ ތަހުގީގުކުރާތީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް