Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފުވައްމުލަކުގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

ފުވައްމުލަކުގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފި

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން، އެރަށުން މިއަދު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން، ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ހައްޔަރު ކުރި މީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.

ފުވައްމުލަކުގައި ރޭ ހިންގި މާރާމާރީ ގައި އަނިޔާ ލިބުނު މީހަކު އިތުރު ފަރުވާއަށް މިހާރު ވަނީ މާލެއަށް ގެނެސްފައެވެ.

Advertisement
Allied Insurance — Square (box)

މި މާރާމާރީ ހިންގާފައިވަނީ ރޭ 12:30 ހާއިރުއެވެ. އަދި އަނިޔާވެފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ވެސް ފުލުހުން ހާމަކުރެއްވިއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް