ޚަބަރު

ރައީީސް ޞާލިޙު ކުރައްވާ މަސައްކަތުގެ ނަތީޖާ އެބަ ފެނޭ: ޝާހިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކުރެއްވި، އަދި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ނަތީޖާ ފެންނަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، މި އަހަރުގެ ރިޔާސީ ކެމްޕެއިނުގައި، ރައީސް ޞާލިޙު މިއަދު އަތޮޅުތެރެއަށް ދަތުރުފުޅު ކުރައްވަން ފެއްޓެވުމާ ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ޞާލިޙު މިއަދު ވަޑައިގެންފައި ވަނީ، ށ.އަތޮޅުގެ ރަށްތަކަށެވެ. އެ ދަތުރުފުޅުގެ ތެރެއިން، ބައެއް ފޮޓޯތައް ހިއްސާ ކުރައްވައި ޝާހިދު ވިދާޅުވީ، އުފާވެރި އަމާން ރާއްޖެއެއް ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށާއި، އެފަދަ ހަމަޖެހޭ އަމާން މުޖުތަމަޢެއް ޤާއިމުކުރަންޖެހޭ ކަމަށެވެ.

"އަމާން މުޖުތަމަޢެއް ހޯދައި، އެއްވެސް ރަށެއް ބާކީނުވާނޭހެން ތަރައްޤީ ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި، އަދި ކުރައްވަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ މިދަނީ ފެންނަމުން. އެކަން ކޮމަންޑޫއިން ފެނޭ!"

ށ.އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފޯކައިދޫގައި، މިރޭ ޖަލްސާއެއް އޮންނާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!