ޚަބަރު

ކޮވިޑްގެ މުސީބާތް އައިއިރު ނުލަފާ ވެރިއެއް ހުރިނަމަ ޤައުމު ފުނޑުފުނޑުވީސް: ޝިޔާމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މުޅި ދުނިޔެއަށް ދިމާވި ކޮވިޑް-19ގެ ވަބާ ކުރިމަތިވިއިރު, ރާއްޖޭގެ ވެރިކަމުގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ހުންނެވުމަކީ މެދުވެރި ކުރެއްވި ނަސީބެއް ކަމަށާއި, އެ ދުވަސްވަރު ރާއްޖޭގެ ވެރިކަމުގައި އަނިޔާވެރި ވެރިއެއް ހުރި ނަމަ، ޤައުމު އޮންނާނީ ފުނޑުފުނޑުވެފައިކަމަށް އެމްޑީއޭގެ ލީޑަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ާަޝިޔާމް މިހެން ވިދާޅުވީ, އެމްޑީޕީގެ ރިޔާސީ ކެންޕެއިން "އުފާވެެރި އަމާން ރާއްޖެ" ފެއްޓެވުމަށް މިރޭ ރައީސް ޞާލިޙް އެމަނިކުފާނުގެ ކޯލިޝަން ޕާޓުނަރުންނާއެކު ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ަޝިޔާމްގެ ޕާޓީ, އެމްޑީއޭއިން ވަނީ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހަދާފައެވެ.

މިރޭގެ ވާހަކަފުޅު ފައްޓަވަމުން ޝިޔާމް ވިދާޅުވީ, އެމްޑީޕީ އާއި އެކު އެމްޑީއޭއިން ކޯލިޝަން ހަދަން ނިންމީ ކީއްވެގެންތޯ ބައެއް މީހުންގެ ހިތައް އަރާފާނެ ކަމަށެވެ. ސަބަބުތައް ތިލަކޮށްދެއްވަމުން ޝިޔާމް ވިދާޅުވެފައިވަނީ, މުސީބާތެއް ދިމާވުމުން އެ ހާލަތުގައި ވެރިކަމުގައި ހުންނެވި ބޭފުޅާ އަމަލުކުރި ގޮތަށް ބެލުމަކީ މުހިންމު ކަމެއް ކަމަށެވެ.

"އެވަގުތު އަޅުގަނޑުމެންނަށް މެދުވެރިކުރައްވާފައި ހުރީ ވަރަށް ވިސްނުންތޫނު އެހާމެ ކެތްތެރި ރައީސެއް." ރައީސް ޞާލިހަށް ތައުރީފް ކުރައްވަމުން ޝިޔާމް ވިދާޅުވިއެވެ.

ރާއްޖެ އަށް ކޮވިޑްގެ މުސީބާތް ދިމާވުމުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގި އެ ވަގުތު ވަރަށް ގިނަ ބަޔަކު އުޅުނު ކަމަށާއި އެފަދަ އެތައް ބައެއްގެ ކަންބޮޑުވުމަށް ހައްލު ހޯދައިދެއްވީ ރައީސް ޞާލިހު ކަމަށް ސިޔާމް ވިދާޅުވިއެވެ. ﷲގެ ރަހުމަތް ފުޅުން އެ މުސީބާތާއި ދިމާވި އިރު އޭރު ރާއްޖެ އަށް މެދުވެރިކުރައްވާފައި ހުރީ ވިސްނުން ތޫނު ކެތްތެރި ރައީސެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނިޔާވެރި ނުބައި ވެރި އެއް ހުރި ނަމަ ޤައުމު މިގޮތުގައި ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެވަގުތު ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިން ތިބީ ހަދާނެ ނުހަދާނެ ގޮތެއް, ބޭންކްރަޕްޓްވާނެ ކަމަށް ޤަބޫލުކޮށްގެން." އޭރުގެ ހާލަތު ކިޔައިދެއްވަމުން ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ, މިއަދު ރާއްޖެ ހަމަފައި މައްޗަށް ތެދުވެފައި މިއޮތީ ސަރުކާރުން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ކުދި އަދި ބޮޑެތި ވިޔަފާރިތަކަށް ލޯނާއި އެހީދެއްވުމާއި, ވަޒީފާ ގެއްލުނު ފަރާތްތަކަށް އެހީ ދެއްވުމަކީ ރާއްޖެ ކޮވިޑުން އަރައިގަންނަން ލިބުނު އެހީއެއް ކަމަށް ވިދާޅުވިއެވެ.

  1. ޑިމޮކްރަސީ

    ޤަވްމު ފުޑިފަ އެއްނޫންތަ އޮތީ ދިވެހިންގެ ދަރިންނާ އެދަރިންގެ ދަރި މިރި އަށްވެސް ބިލިއަނުން ޤަވްމު ދަރުވަލާ ނިމިފަ އޮތީ