ޚަބަރު ސިޔާސީ

ރައީީސް ޞާލިޙު ވެރިކަމަށް ޝަރުތު ހަމަވާ ކަމާއިމެދު އަބްދުއްރަޙީމް ސުވާލު އުފައްދަވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމަށް ޝަރުތު ހަމަވާ ކަމާއިމެދުގައި ސުވާލު އުފެދޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަޙީމް ވަނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ރައީީީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެވޭނެތޯ ސުވާލު އުފައްދާ ފަރާތްތަކަށް ރައްދު ދެއްވައިފައެވެ.

އަބްދުއްރަޙީމް ވިދާޅުވީ، އޭނާގެ ހިތުގައި ސުވާލު އުފެދެނީ، ރައީސް ޞާލިޙަށް ވެރިކަމަށް ކުރިމަތި ލެއްވިދާނެތޯ ކަމަށެވެ. އަބްދުއްރަޙީމް ވިދާޅުވީ، ޤައުމަށް ގައްދާރުވެ، ޚިޔާނާތްތެރިވެފައިވާ މީހަކަށް ވެރިކަމަށް ކުރިމަތިލެވިގެން ނުވާނެ ކަމަށެވެ.

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ރައީީސް ޔާމީނަށް އިންތިޚާބުގައި ވާދަ ކުރެވިދާނެ ކަމާއިމެދުގައި ސުވާލު އުފައްދައިގެން ނުވާނެ ކަމަށާއި، އެންމެ ފުރަތަމަ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވި ކެންޑެޑިޑޭޓަކީ ވެސް އެމަނިކުފާނު ކަމަށެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެންމެ ބޮޑު ސިޔާސީ ދެ ޕާޓީގެ ހުރިހާ ރައްޔިތުން ބައިވެރިވެގެން ޓިކެޓު އެރުވީ ރައީީސް ޔާމީނަށް. ނަތީޖާއެއްގެ ގޮތުން، މި ސަރުކާރުން ގަތް ބިރެއްގެ ސަބަބުން، އަނިޔާވެރިކަމާއެކު ގޮސް ޖަލަށް ލާފައި އެވަނީ."

އޭނާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ސަލާމަތުން ޖަލުގައި އޮންނެވި އޮންނެވުން، ޕީޕީއެމްގެ ރިޔާސީ ކެމްޕެއިނަށް ފުދޭ ކަމަށެވެ.

ރައީީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަބްދުއްރަޙީމް ވިދާޅުވީ ރައީީސް އަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ޤައުމަށް ޚިޔާނާާތްތެރި ވެފައިވާ ބޭފުޅެއް ކަމަށާއި، ކަމާބެހޭ މުއައްސަސާތަކުން އެމަނިކުފާނުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!