ޚަބަރު ސިޔާސީ

ކުރީގެ ނާމާން ދުވަސްތައް އަލުން އަންނާކަށް އެކަކުވެސް ނޭދޭނެ: ޑރ. އިޔާޒު

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރީގެ ނާމާން ދުވަސްތައް އަލުން އަންނާކަށް ބުއްދި ސަލާމަތުންހުރި އެކަކުވެސް ނޭދޭނެކަމަށް ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިޔާޒު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ކެމްޕޭން ފެއްޓެވުމަށް އިއްޔެ ށ. އަތޮޅަށް ރައީސް ޞާލިޙު ވަޑައިގެން އެ އަތޮޅު ފޯކައިދޫގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް ތާއީދުކުރައްވަމުންނެވެ.

އެގޮތުން، ރައީސް ޔާމީނުގެ ވެރިކަމުގައި ރައްޔިތުން އުޅުނު ގޮތާއި މިހާރަށް ބަލާއިރު، އޭރު އޮތް ނާމާން ދުވަސްތަކަށް އަލުން ދާން އެދޭނެ އެއްވެސް ރައްޔިތަކުން ނުހުންނާނެކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވެއެވެ.

ރައީސްގެ ވާހަކަފުޅަށް ތާއީދުކުރައްވަމުން ޑރ. އިޔާޒު ވިދާޅުވީ ހަމަ ބުއްދި ސަލާމަތުންހުރި އެއްވެސް މީހަކު، އެފަދަ ނާމާން ދުވަސްތަކެއް އަލުން ދެކެން ބޭނުންނުވާނެކަމަށެވެ.

ރައީސް ޞާލިޙާއެކު އެމަނިކުފާނުގެ ކެމްޕޭނުގެ ފުރަތަމަ ދަތުރުފުޅުގައި އަދާލަތު ޕާޓީގެ ރައީސް އިމްރާނުވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ.

އިމްރާން ވިދާޅުވެފައިވަނީ ރާއްޖެ ދެކެމުން މިދާ ހުރިހާ ތަރައްޤީއަކާއި އުފަލަކާއި ކުރިއެރުމެއް ގެނެސްދެވެނީ ރައީސް ޞާލިޙުގެ ކޯލިޝަނުގައި އެންމެން އެކުވެ ބައިވެރިވެގެން މަސައްކަތްކުރާތީކަމަށާއި، ށ. އަތޮޅުން އެ ކޯލިޝަނުގެ ސަޕޯޓަރުން ދެއްކި ފޯރިއާއި ޖޯޝު ރާއްޖޭގެ އެހެން ހިސާބުތަކުންވެސް ދައްކުވައިފިނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު އެއްބުރުން އެ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށެވެ.

Ads by Ooredoo
  1. މިއަށްވުރެ ނާމާން ދުވަސްތަކެން.ނާނާނެ.ނާމާންކަން.ހުރިވަރު ނިކަންދެކިބަލަ އިލްމުވިންނަށް.މިވަނީ.އިލްމުވެރިންގެދައުރުވެސް.ހަދާންނެތި ލާދީނިއްޔަތު ރުއްސުމަށް އަވަދިނެތި އަޅެނޫތަ

  2. މުރުމުރޭ

    ޖަރީމާ ޖާސޫސަކަށް ޝޭޚެކޭ ނުކިޔާނެ، މިކަލޭގެ ހަވަރަށް ދޭނެ ދުވަހަކަށް ހާދަ ކެތްމަދުވެފައޭ ރައްޔިތުން ތިބީ.

    • ތުއްތުބެ

      ހަވަރަށް ދީފަ ކަލޭ ދިރި ދުނިޔޭގަ ތާ އަބަދަށްތޯ އުޅެނީ؟

  3. ރައްޔިތުމީހާ

    ޔެސްް ސަރ

  4. ކަނބުލޮ

    ކުރީގެ ނާމާން ދުވަސްތައް އަނބުރާ ގެނެސްފި

  5. އަޖައިބެއް

    ދުނިޔޭގެ އެއްމެ އަމާން ގައުމުތަކުގެ ލިސްޓްގައި މިފަގަރު ރާއްޖެ ނުހިމެނުނީ ކީއްވެޔޯ.