ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން ޤާސިމަށް ތާއީދުކުރުމުގެ ބިރު: ހައިލަމް

ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ތާއީދުކުރުމުގެ ބިރު ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ހައިލަމް މިފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ޤާސިމް އިބްރާހިމްއާ ބައްދުލުކުރުމާއި ގުޅިގެންނެވެ.
ޕީއެންސީގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޤާސިމްއާ ބައްދަލުކުރެއްވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިއަދުއެވެ.
މިކަމާއި ގުޅިގެން ހައިލަމް ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދުކުރުމުގެ ބިރު ކަމަށެވެ. އަދި
ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުން ކަމަށާއި އެކަން މިފަހަރު ކުރައްވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.
ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ.
ތިއީ ކުރަންވީ ކަމަކީ އިދިކޮޅު ހުރިހާ ޕާޓީ އެއް އެކައްޗެއްކިޔާފަ ޤާސިމަށް ތާޢީދު ކުރަންވީ