އިންތިޚާބުގައި ރައީސް ޔާމީން ބަލިނުކުރެއްވޭނެކަން އެންމެ ބޮޑަށް ޔަޤީންވާނީ ރައީސް ޞާލިޙަށް: މަލީހް
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ލީޑަރު ރައީސް ޔާމީން އަބްދުލް ޤައްޔޫމް ބަލިނުކުރެއްވޭނެކަން އެންމެ ބޮޑަށް ޔަޤީންވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަން މިހާރު ނިމެން ކައިރިވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީން ޖަލުގައި ބާއްވާ އަނިޔާ ދެމުންދާ ކަމަށާއި ރައީސް ޞާލިޙް އިސްވެ ހުރެ ޗީފު އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް އެކި ކަހަލަ ވާހަކަ ދައްކަމުންދާ ކަމަށް މަލީހް ވިދާޅުވިއެވެ.
“މިއިންތިޚާބުގައި ރައީސް ޔާމީން ބަލިނުކުރެއްވޭނެކަން އެންމެ ބޮޑަށް ޔަޤީންވާނީ ރައީސް އިބޫއަށް.އެހެންވީމަ ރައީސް އިބޫ އިސްވެ ހުންނަވާ ޗީފު އޮފް ސްޓާފް އަލީ ޒާހިރު މެދުވެރިކޮށް ފާޑުފާޑުގެ ވާހަކަ ދައްކާ ރައީސް ޔާމީން ޖަލުގައި ބާއްވާ އަނިޔާދެމުން އެގެންދަވަނީ. އިބޫގެ ވެރިކަން ނިމެނީ” މަލީހް ވިދާޅުވިއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން މިހާތަނަށް ރަސްމީކޮށް 4 ޕާޓީއަކުން ވަނީ އިއުލާނުކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ބުނިގޮތުގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައެވެ. ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައެވެ.
ދޮންރިހަ މަލީހުއައް ނޭނގެނީތަ ވެރިކަމުގެ ބާރާއި ހައިބަތުގަ ހުއްޓާ ރީތި ގޮތަކައް ބަލިވިކަން.. އަދި މިހާރު ޤައިދީއެއްގެ ގޮތުގަ ޔާމިނު ހުރިއިރު މާރީތިކޮއް ފެންތައްޓެއް ބޯލާހެން ބަލިވާނެކަން.. 5 އަހަރުގެ ވެރިކަން ރައްޔިތުން ބަލައެއް ނުގަތްކަން ހަދާންނެތުނީތަ މިހާ އަވަހައް…
ކަލޭތީބުރާންޗެއްހޭޔާމީންއާވާދަކޮއްމިހާރުވެސްރައީސްކަމުއެހުރީ
ކަލޯގަޔާ ވަޒީރުކަމެއް ލިބޭތޯ މިއޮއް މަރުފަލި ޖަހަނީ