ޚަބަރު

ނިޝާންއަކީ ވެސް ހަދީޘް ދަރަޖަކުރަން އިނގޭވަރުގެ އިލްމުވެރިއެއް ހެނެއް ހީނުވޭ: އިމްރާން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ

ދީނީ އިލްމު ދަސްކުރަން ޖެހޭނީ ބޮޑެތި އިލްމުވެރިންގެ ފޮތްތަކާއި ދަރުސްތަކުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އިމްރާން މިހެން ވިދާޅުވީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއްމުކުރެއްވި ވީޑިއޯއަކާ ގުޅިގެންނެވެ. އެ ވީޑިއޯގައި ޝެއިހް ނިޝާން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ކެމްޕެއިން ފެށުމަށް ބޭއްވި ޖަލްސާގައި ރަސޫލާ صلى الله عليه وسلمގެ ހަދީސް ބަސްފުޅެއް ކަމަށް ވިދާޅުވެ ބޭނުންކުރެއްވި އިބާރާތަކީ އެކަލޭގެފާނުގެ ހަދީސެއް ނޫން ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށް، އިމްރާން ވިދާޅުވީ، އޭނާއަކީ ރަސޫލާ صلى الله عليه وسلم ގެ ހަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ އިލްމުވެރިއެއް ނޫން ކަމަށެވެ. އަދި ޝައިޚް އާދަމް ނިޝާނަކީ ވެސް އެވަރުގެ ބޮޑު އިލްމުވެރިއެއްހެން ހީނުވާ ކަމަށެވެ.

މީގެ އިތުރުން އިމްރާން ވިދާޅުވީ ދަސްކުރަން ޖެހެނީ ބޮޑެތި އިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން ކަމަށެވެ. އަދި ޝައިޚުން ކުރައްވާ ކުއްތަކާ ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ ކުރެވޭ މާ މޮޅުކަމަކާ ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރަން ބޭނުން ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން ދީނީ ބައެއް އިލްމުވެރިންގެ މެދުގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައެވެ.

Ads by Ooredoo
  1. ޝެއިހުން ހަދާގޯސްތަކާ ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ މާރަނގަޅުކަމެއް ނޫންކަމަށް އިމްރާން ދެކޭހިނދު އިމްރާން ގަބޫލުނުވާ ސިޔާސީ މީހުނަށް ރަނގަޅު އެއްކަމެއްވެސް ނުކުރެވޭކަން ދައްކަން އުޅުުން އެއީ ދީނީގޮތުން ހުއްދަ މާތްކަމާކަށް ވަނީތޯ އިމްރާނު ކައިރީ އަހާލަން ބޭނނުން