ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާޢިލް ޝުޖާ ޖޭޕީގެ ލީޑަރު ގާސިމްއާއި ބައްދަލުކުރައްވައިފި

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިސްމާޢިލް ޝުޖާ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ބައްދަލުކުރައްވައިފިއެވެ.
މަޢުލޫމާތު ލިބޭގޮތުގައި އިސްމާޢިލް ޝުޖާއަށް މަރުޚަބާ ދެންނެވުމަށް ގާސިމްވަނީ މާމިގިލި އެއާޕޯޓަށް މިއަދު ވަޑައިގަންނަވާފައެވެ. އަދި އެބޭފުޅާއަށް ތަޢުރީފުކޮށް ގާސިމްވަނީ ވާހަކަފުޅުދައްކަވާފައެވެ.
އެގޮތުން، އިސްމާޢިލް ޝުޖާއަކީ 2007 ވަނަ އަހަރުން ފެށިގެން ގާސިމްއާ ވަރަށް ގާތް ބޭފުޅެއްކަމަށާއި، ދެބޭފުޅުންގެ ވިސްނުންފުޅު ބައެއް ކަންކަމުގައި ތަފާތުވިޔަސް، އަބަދުވެސް އެއްކޮށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ބައެއް ބޮޑެތި ކަންކަމުގައި ޝުޖާއަކީ ގާސިމްގެ މަދަދުގާރެއްކަމަށްވެސް ސިފަކުރެއްވިއެވެ.