Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ކެމްޕެއިންގައި އިސްކޮށް އުޅުމަކީ މޮޅުވުމެއް ނޫން. އިންތިޚާބު ކާމިޔާބުކުރާނަން: ގާސިމް

ކެމްޕެއިންގައި އިސްކޮށް އުޅުމަކީ މޮޅުވުމެއް ނޫން. އިންތިޚާބު ކާމިޔާބުކުރާނަން: ގާސިމް

ކެމްޕެއިންގައި އިސްކޮށް އުޅުމަކީ އަދި މޮޅުވުމެއް ނޫންކަމަށާއި، އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބު ކާމިޔާބުކުރައްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްކަމަށްވާ އިސްމާޢިލް ޝުޖާއަށް މަރުޚަބާ ދެންނެވުމަށް މާމިގިލި އެއާޕޯޓަށް މިއަދު ވަޑައިގެން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.

އެގޮތުން، އިންތިޚާބުގައި ކުރިމަތިލުމަށް މިމަހުގެ 23 ވަނަ ދުވަހު ހުޅުވާލުމުން ކުރިމަތި ލުމަށް ނަން ހުށަހަޅާނެކަމަށާއި އިލެކްޝަނުން މިކަމުގައި ނިންމަވާ ގޮތަކާއިމެދު ބައްލަވައި ކެމްޕެއިންގެ ކަންކަންވެސް ފަށާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އަދި އެންމެ ފުރަތަމަ ކެމްޕޭނަމަށް ނިކުމެ އަވަސް އަރުވާލައިގެން އުޅުމަކީވެސް މާމޮޅުތަކެއް ވާނެ ކަމެއް ނޫންކަމަށާއި އެމަނިކުފާނު ސީދާ ކެމްޕޭނުގައި އަދި ނޫޅުއްވިޔަސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ޓީމުތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

https://twitter.com/JPSecretariat/status/1680135123638038537

"އަދި ކަންތައްތައް ހުރިގޮތުން މިހާރު މަޑުކޮށްލައިގެން މިހުރީ އަޅުގަނޑުގެ އަމިއްލަ ނަފްސުން އެކަން ނުކުރިއަސް އަޅުގަނޑުގެ ޕާޓީން އެކަން ކުރަމުން އެބަގެންދޭ. އަޅުގަނޑުމެން އުތުރަށާއި ދެކުނަށް ކަނދައޅާފައި ހުރި ދެ ކެމްޕޭން މެނޭޖަރުން އެކަންތައް އެބަ ކުރައްވާ. ކޮންމެހެން މިބާވަތުގެ ކަމެއްގައި އިސްނެގުމަކީ މޮޅުވުމެއްވެސް ނޫން. އެހެން މުސްކުޅިންވެސް ބުނެެއުޅޭ. ވިސްނުންތެރިކަމާއިއެކު ކަމެއް ކުރީމައިކަން މޮޅުކަމަކަށް މިވަނީ. އެހެންވީމާ އިރާދަކުރެއްވިއްޔާ މިއިންތިހާބުގައި އަޅުގަނޑުމެން ކާމިޔާބުކުރާނަން. އެއްވެސް ޝައްކެއް ނެތް އަޅުގަނޑަކަށް" ގާސިމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް