ޚަބަރު

މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ހުޅުމާލޭގައި ހަދަމުންދާ ކޭޕާކް ރެޒިޑެންސްގެ އެޕާޓްމެންޓުތައް މަކަރާއި ހީލަތުން ވިއްކިކަމުގެ ތުހުމަތުކުރާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

Ads by STELCO

މަންޑޭއަށް ސީރިއަސް ތުޙުމަތުތަކެއްކޮށް، ކޭ ޕާކް ރެޒިޑެންސް ފްލެޓްތަކުގެ މަޝްރޫއު ކުރިއަށް ގެންދާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައި ހިއްސާދާރު އަދި ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ހަންބޯ ކުންފުންޏަށް ނޭނގި ކޭ ޕާކްގެ ފްލެޓްތައް ވިއްކި ކަމުގެ ތުހުމަތުގައި މަންޑޭގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައި، އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި އޭނާ ރާއްޖެއިން ބޭރަށް ދާން ޖެހުމާ ގުޅިގެން ކުރީގެ އަމުރު މުރާޖައާ ކުރުމަށްފަހު 45 ދުވަސް ތެރޭގައި އެނބުރި ރާއްޖެ އައުމަށް ޝަރުތުކުރުމަށްފަހުއެވެ.

ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކޮށް، އޭނާ މިހާރު ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

މަޢުލޫމާތުލިބޭގޮތުގައި، މަންޑޭގެ ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރު އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައި ވީނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!