ބޮލީވުޑް މުނިފޫހިފިލުވުން

ކަރަންގެ ދަރިންނަށް އޭނާގެ ފިލްމުގެ ލަވަ ކަމަކު ނުދިޔަ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޑައިރެކްޓަރު ކަރަން ޖޯހަރު އޭނާގެ ދެ ދަރިންނާއިއެކު

7 އަހަރަށް ފަހު އިންޑިއާގެ ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރު ޑައިރެކްޓުކޮށްފައިވާ ފިލްމެއް ސްކްރީނަށް އަންނަން ތައްޔާރުވަމުން ދާއިރު ހުރިހާ ފޭނުން ތިބީ ފިލްމު ބަލައިލަން ކެތްމަދުވެފަ އެވެ. ފިލްމުގެ ޓްރެއިލާއާއި ދެ ލަވައެއް މިހާތަނަށް ރިލީޒްކޮށްފައިވާއިރު ބެލުންތެރިންގެ ބޮޑު ތަރުހީބެއް އެއަށް ދަނީ ލިބެމުންނެވެ.

Ads by STELCO

"ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ" ގެ ނަމުގައި އުފައްދާފައިވާ މި ފިލްމަކީ ލޯބީގެ އާއިލީ ފިލްމެކެވެ. އެ ފިލްމުގެ ލަވަތަކުގެ ތެރެއިން އެންމެ ފަހުން ރިލީޒް ކޮށްފައިވަނީ ކުރީގެ މަޝްހޫރު ލަވަ "ޖުމްކާ ގިރާ ރޭ" ގެ ރީމޭކް "ވަޓް ޖުމްކާ" އެވެ. މިލަވައަށް ޔޫޓިއުބުގައި އެތައް މިލިއަން ވިއުޒްއެއް މިހާތަނަށް ވަނީ ލިބިފަ އެވެ.

އެހެންނަމަވެސް ކަރަންގެ ދެ ދަރިންކަމަށްވާ ޔަޝް އަދި ރޫހީއަށް މިލަވަ ކަމަކު ނުދިޔަ އެވެ. ކަރަން އިންސްޓަގްރާމްގައި އާންމު ކުރި ވީޑިއޯއެއްގައި "ވަޓް ޖުމްކާ" ޖެހުމަށްފަހު އެލަވަ ކިޔަން ކުދިން ކައިރީގައި އެދެ އެވެ. އެހެންނަމަވެސް އެކުދިން އެލަވައަށް އެއްވެސް ޝައުގުވެރިކަމެއް ނުދީ ކިޔަން ފަށަނީ ބޭބީ ޝާކް ރައިމް އެވެ.

މިވީޑިއޯގައި ކުދިން އާލިއާއާއި ވާހަކަ ދައްކަންވެސް ކަރަން އެދެ އެވެ. އެހެންނަމަވެސް އެކަމަށްވެސް ނޫނެކޭ ބުނެ އިންކާރު ކުރެ އެވެ. މިވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވަމުން އަންނައިރު ފޭނުންނަށް ޔަޝް އާއި ރޫހީ ވަރަށް "ކިއުޓް" ވެއްޖެ އެވެ.

ރޮކީ އޯރު ރާނީ ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 28 ގަ އެވެ. މިފިލްމުގައި ލީޑް ރޯލުން ފެނިގެންދާނީ އާލިއާ ބަޓްގެ އިތުރުން ރަންވީރު ސިންގް އެވެ. މިއީ ރަންވީރު ކަރަންގެ ޑައިރެކްޝަންއެއްގައި މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!