ވައްޑޭ އިމްރާނަށް: މުޒާހަރާ ކުރުމަކީ ގާނޫނޫ އަސާސީން ލިބިދީފައިވާ ހައްގެއް!

މުޒާހަރާ ކުރުމަކީ ހޯމް މިނިސްޓަރގެ މަގާމުގައި އިމްރާން ހުރުމުން ލިބޭ ހައްގެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގެއްކަމަށް ވިދާޅުވެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ރައްޔިތުންގެ މަޖީލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ ) ރައްދު ދެއްވައިފިއެވެ.
ވައްޑޭ މިހެން ވިދާޅުވީ އަދާލަތު ޕާޓީގެ ބައިވެރިވުމާއެކު އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ، ސިޔާސީ ހަރަކާާތް ހިންގުމުގެ ނަމުގައި، ވެލި އުކައި، ފެން އުކަން ޖާގަ ނުދެއްވާނެ ކަމަށް އިމްރާން ރޭ ވިދާޅުވުމުން އެކަމަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
"މުޒާހަރާ ކުރުމަކީ ހަމައެކަނި އިމްރާން ވަޒީރުކަމަށް އައުމަށް އެކަނި ކުރެވެން އޮތްކަމެއް ނޫނެވެ. އެއީ ޤާނޫނުއަސާސީން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ ޙައްޤެކެވެ" ވައްޑޭ ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ކެމްޕެއިނަށް މ.ދިއްގަރަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ގަޔަށް ބޮލަށް އެރި ދުވަސްވަރު ހިނގައްކަމަށާއި މުޒާހަރާ ކުރަން ނުކުތުމަކީ ފަނާކުރުވަނިވި ވިސްނުމުގެ މީހުން އަމަލު ކުރާނެ ގޮތްކަމަށެވެ.