ޚަބަރު

ވަގުން ހިފާނަން، މިކުރަނީ އެކަން: ޔައުގޫބު

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ވަގުން "ހިފުމުގެ" މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އަށް ފާޑު ކިޔާ މީހުންނަށް އޭނާ ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

މަޖިލިސް އިންތިހާބުގެ ކުރިން ބޭއްވި ކެންޑިޑޭޓުންގެ ބަހުސްގައި އޭނާ އަކީ އޮޑިޓަރެއް ކަމަށާއި، މަޖިލީހަށް ކުރިމަތިލެއްވީ ވަގުން ހިފާނެ ގޮތް އެނގިހުރެ، ވަގުން ހިފުމަށް ކަމަށް ވިދާޅުވެފައި ވާތީ ގިނަ ބަޔަކު އަންނަނީ މީސް މީޑީއާގައި އޭނާ އަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން ހުވަދޫ ބަހުން ޔައުގޫބް ލިޔެފައިވާ ނޯޓުކޮޅެއް ޓްވީޓު ކުރައްވަމުން ވިދާޅުވީ އޭނާ އަކީ އޮޑިޓަރެއް ކަމަށާއި އޭނާ ކިޔެވީ ވަގުން ހިފަން ކަމަށެވެ. އަދި މިހާރުވެސް ކުރަމުން ދަނީ އެކަން ކަމަށާއި ދެން ވެސް ކުރާނީ އެކަން ކަމަށްވެސް ޔައުގޫބު ވިދާޅުވިއެވެ.

އަދި ވަގުން ހިފުމުގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެ މަސައްކަތް ކުރުމަށް އެއްވެސް ބިރެއް ނުގަންނަ ކަމަށްވެސް ޔައުގޫބް ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ވައްކަން ނުކުރާނެ ކަމަށާއި އަދި އޭނާ އަށް އެނގިގެން ވައްކަން ކުރުމަށް ފުރުސަތު ވެސް ނުދެއްވާނެ ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

ޔައުގޫބަށް ފާޑުކިޔަން ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އިން ކުރި ހަރަދުތަކުގެ އޮޑިޓުން ހިޔާނާތުގެ އެތައް ކަމެއް ފާހަގަވުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!