ކުށްވެރިއަކަށް ހޯދައިދެވޭނެ އެންމެ ބޮޑު އިންޞާފަކީ ޙައްޤުވާ އަދަބު ލިބެން ދޫކޮށްލުން:ޑރ އިޔާޒް

ކުށްވެރިއަކަށް ހޯދައިދެވޭނެ އެންމެ ބޮޑު އިންޞާފަކީ ޙައްޤުވާ އަދަބު ލިބެން ދޫކޮށްލުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް ވިދާޅުވީ ކުށްވެރިއަކަށް ލިބެންޖެހޭ އަދަބު ލިބުނަ މިނިވަންކުރުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް ކަމަށެވެ.
"ކުށްވެރިއަކަށް ހޯދައިދެވޭނެ އެންމެ ބޮޑު އިންޞާފަކީ އޭނާއަށް ޙައްޤުވާ އަދަބު ލިބެން ދޫކޮށްލުން. އެކިއެކި ބަހަނާތައް ދައްކައިގެން އަދަބުލިބިޔަނުދީ މިނިވަންކުރުމަކީ ވަރަށް ބޮޑު ބޭއިންޞާފެއް. ވިސްނާ ފިކުރުކުރައްވާ" ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ ކުރީގެ ރައީސް، އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އިދިކޮޅުން ހުއްޓުމެއްނެތި އަޑު އުފުލަމުން އަންނަ ދަނޑިވަޅެއްގައެވެ.
އަދި އެމަނިކުފާނު ޖަލުގައި ބާއްވައިގެން ކުރިއަށް ގެންދާ އިންތިޚާބެއް އިންސާފުވެރި ނުވާނެކަމަށް ބުނެ އިންތިޚާ ފަސް ކުރުމަށް އިދިކޮޅުން ވަނީ ގޮވައިލައިފައެވެ.
ކަލޭ ރަނގަޅު އެއްޗެއް ދޭންވީ
ބްރޯ ހައްޤުވާ ޢަދަބަކީ ކޮބައިކަން މިއަހަރު ނިމޭކޮޅު އެނގޭނެ. ބޮޑު ފޮށީގަ އެއްކުރި ފައިސާކޮޅު ލާއިގެން އޭގެކުރީން އިނގިރޭސިވިލާތަށް ވަޑާންނަވާ ހިމާޔަތް ހޯދަން.