ރީކޯ މޫސަ އަކީ ރައީސް ޔާމީން ޖަލުގައި ބޭއްވުމަށް ރައީސް ޞާލިޙަށް ހިތްވަރުދޭ އެޑްވައިޒަރެއް: ޝުޖާޢު
މޫސާ މަނިކު(ރީކޯ މޫސަ) އަކީ ރައީސް ޔާމީން އަބްދުލް ޤައްޔޫމަށް އަނިޔާވެރިވެ ޖަލުގައި ބޭއްވުމަށް ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ހިތްވަރުދޭ އެޑްވައިޒަރެއް ކަމަށް ޝުޖާޢު ވިދާޅުވެއްޖެއެވެ.
ޝުޖާޢު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޗެއަރމަންއަކަށް ހުންނަވަން ވާނީ އާންމު މެމްބަރުންނާ ޒާތީނުވެ ޕާޓީގެ މެމްބަރުންނާ އެކު އުޅެވޭ ވަރުގެ މީހެއް ކަމަށް ރީކޯ މޫސަ ވިދާޅުވުމާއި ގުޅިގެންނެވެ.
“ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތާ އަޅުގަނޑާ ދިމާކުރުމަކީ ފައްޔާޒުވެސް ކޮށްގެންވާނެ ކަމެއް ނޫން. ކަނޑައެޅިގެން ދޮގު ވާހަކަ ނުފަތުރާ” ރީކޯ މޫސަ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަވަސްކުރަންޖެހެނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ. “ސަރުކާރު ތެރޭގައި ކޯޅެނީ. ތަޅާފޮޅަނީ. ރައީސް ޔާމީނަށް އަނިޔާވެރިވެ ޖަލުގައި ބޭއްވުމަށް ރައީސް ޞާލިޙަށް ހިތްވަރުދޭ އެޑްވައިސަރެއް ރީކޯ މޫސަ މީ” ޝުޖާޢު ވިދާޅުވިއެވެ.
ތިޔަ ދައްކަނީ މޮޔަވަހަކަ .ޔާމީނު ޖަލަށްލީ ބަދަލު ހިފުމުގ ގޮތން ނަސީދު .މިހާރު ނަސީދު ބޭނުންވަނީ އޭނަ ޔާމީނަށް ހެޔޮއެދޭގޮތް ދައްކައިގެން އޭނާ އުފައްދާފައިވާ ދަނޑި ޕާޓީގެ ފަހަތަށް ޕިޕީއެމް ނެރެގެން އޭނާ ވެރިކަމަށް އައުމަށް . ވީމާ ވިސްނުންތެރިކަމާއެކު ހަމަޖެހޭ މުއާމަލާތް ކުރައްވާ.. ނަސީދު ޔާމީނަށް ވެސް ޕިޕީއެމަށް ވެސް ހެވެއް ނޭދޭނެ . ވެރިކަމަށް އެލޭ ހުރަސް ނައްތާލަން ކޮންމެކަމެއްވެސް ކޮށްފާނެ.