Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޕީޕީއެމްއިން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް އަދި އެމްއެންޕީން އެއްބަސްވެއްޖެ

ޕީޕީއެމްއިން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް އަދި އެމްއެންޕީން އެއްބަސްވެއްޖެ
ޕީޕީއެމްއިން ރުހޭނަމަ އެއް ކެންޑިޑޭޓަކު ނެރެން ޖުމްހޫރީ ޕާޓީ، ޑިމޮކްރެޓްސް އަދި އެމްއެންޕީއަށް އެއްބަސްވެއްޖެއެވެ. އެއް ކެންޑިޑޭޓަކު ނެރުމާމެދު ޕީޕީއެމްއާވެސް ވާހަކަދައްކަން ނިންމައިފިކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ޖޭޕީގެ މައި ހަރުގެ ކަމުގައިވާ މ.ކުނޫޒުގައި އެޕާޓީންނާއި، އެމްއެންޕީ އަދި ޑިމޮކްރެޓްސް އިން މިއަދު ކުރިއަށްގެންދިޔަ ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، އެ ތިން ޕާޓީއަށްވެސް އެއްބަސްވެވުނީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް އެއްބަސްވެވޭ ކެންޑިޑޭޓަކު ހޯދަން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްކަމަށާއި ޕީޕީއެމްއާއެކުވެސް އެކަމުގެ ވާހަކަދައްކަވާނެކަމަށެވެ.

"އަޅުގަނޑުމެން އަދި ޕީޕީއެމާއި އެމްއާރުއެމް ވެސް ވާހަކަ ދައްކާނަން، މި ކަމަށް އެއްބަސްވެވޭތޯ، އަޅުގަނޑުމެން ތިން ޕާޓީން ބޭނުންވަނީ އެއް ކެންޑިޑޭޓަކު ނެރެން މި ރިޔާސީ އިންތިހާބަށް،" ގާސިމް ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް