ޚަބަރު ސިޔާސީ

ސިޔާމްގެ ޕާސްޕޯޓް ސިންގަޕޫރުން ހިފަހައްޓައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީއޭގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމް (ސަން ސިޔާމް)ގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިއެވެ.

Ads by Sosun Fihaara

އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފައިވަނީ މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އަންގައިފައިވާ މައްސަލައާއި ގުޅިގެން، އެ ފައިސާ ނުދައްކާތީ އެކުންފުނިން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފައި އޮތުމުން ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން ބާތިލްކުރީ 2013 ގައެވެ.

ސިޔާމްގެ ޕާޓީކަމުގައިވާ އެމްޑީއޭއިން މި އަހަރުގެ ރިޔާސީ އިންތިޚާބަށް، އެމްޑީޕީއާއެކު ކޯލިޝަން ހަދައި، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކެމްޕޭން ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

Ads by Ooredoo
  1. މޮހޮރު

    ރާކަނިމަސްކެބިއްޖެއްނު

  2. ފަޒުލް

    އަލްޙަމްދު ލިﷲ