Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕް ބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕް ބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީން ގޮވާލައިފި

އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕް ބޭފުޅުން ހައްޔަރުކޮށްފައިވަނީ އެއްވެސް ކުށެއްނެތި ކަމަށާއި އެބޭފުޅުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ޕީޕީއެމް/ޕީއެންސީން ގޮވާލައިފިއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަނުގެ ލީޑަރޝިޕް ބޭފުޅުންނާއި ސިޓީ ކައުންސިލް މެމްބަރާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް ހައްޔަރުކޮށްފައިވަނީ އެ ކޯލިޝަނުގެ ލީޑަރު އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފުވެރި ޝަރީޢަތެއް ހޯދައިދުނުމާއި ގުޅޭ ޕެނަލް ޑިސްކަޝަނެއްގައި އެބޭފުޅުން ތިއްބަވަނިކޮށް ކަމަށެވެ.

އެ ޕެނަލް ޑިސްކަޝަންއަކީ ބައެއް ޓީވީ ޗެނަލްތަކުން ލައިވްވެސް ކޮށްފައިވާ ޑިސްކަޝަނެއްކަމަށާއި އެތަނުގައި ރައްޔިތުންގެ މަޖިލީހުގެ 4 މެމްބަރުންވެސް ހިމެނިވަޑައިގަންނަވާކަމަށެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ހިމެނެއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/progresspartymv/status/1682028573975253000?s=46&t=wMDuTjFh1rBRrLCJhdCdPg

މި ބޭފުޅުން ހައްޔަރުކުރުމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް އެ ކޯލިޝަނުން ވަނީ އެއީ ސަރުކާރުގެ އަނިޔާވެރި އަމަލެއްކަމަށް ސިފަކޮށް އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން، އެ ތަނުގައި ހަރަކާތްތެރިވި ފުލުހެއްގެ އެންކަލްއަކުން އެތަނުގައި ހުރި އަންހެނެއްގެ ފަޔަށް އަރައި އެމީހާއަށް އަނިޔާކޮށްފައިވާކަމަށްވެސް އެ ކޯލިޝަނުން ތުޙުމަތުކުރެއެވެ. އަދި އެފަދަ އަމަލެއް ފުލުހެއްގެ ފަރާތުން އަންހެން ބޭފުޅަކަށް ކުރުމުންވެސް ދިވެހި ފުލުހުންގެ އެއްވެސް އަޅާލުމެއް އެކަމަށްވެސް ލިބިފައިނުވާކަމަށާއި އެއީ ހިތާމަހުރި ކަމެއްކަމަށްވެސް އެ ކޯލިޝަނުން ވިދާޅުވިއެވެ.

މީގެ އިތުރުން،ދިވެހި ރައްޔިތުންނަށް އަނިޔާވެރިވުން ހުއްޓާލުމަށާއި، ރައީސް ޔާމީނުގެ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށާއި އެފަދަ އެންމެހާ ކަންކަން މިހާރުން މިހާރަށް ހުއްޓާލުމަށް އެ ކޯލިޝަނުންވަނީ ރައީސް ޞާލިޙަށް ގޮވާލާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް