Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފެން ބޮޑުވަނީ ފައިސާކޮޅު ޖީބަށްލާތީ: ސައީދު 

ފެން ބޮޑުވަނީ ފައިސާކޮޅު ޖީބަށްލާތީ: ސައީދު 

ފެން ބޮޑުވަނީ ހައްލު ލިބޭނެ ޓެކްނޮލޮޖީ އާއި އިންޖިނިއަރިންއަށްވާ ފައިސާކޮޅު ޖީބަށްލާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހި އަމީނީ މަގުގައި ފެންބޮޑުވެފައިވާ ފޮޓޯ އެއް ޓްވިޓާގައި ހިއްސާ ކުރައްވާ ސައީދު ވިދާޅުވީ މިއީ އެވަރެއް ނެތިގެން ރައީސް ޞާލިޙު އިޢުލާނުކުރި މެގަ ޕްރޮޖެކްޓުގެ ޙާލުކަމަށެވެ.

"އެއް ތަނެއްގައި ފުނިޖަހައި ދައުލަތުގެ ދަރަނި ފެންނަންހުރި ނަމަ ދިވެހިންގެ މައްޗަށް މިހާރު ފެންނަން ހުންނާނީ އިސްކޮޅުނުޖެހޭ އަޅުވެތިކަން" ސައީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ބޯކޮށް ވާރޭ ވެހި މިއަދުގެ ވަނީ މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ. މިގޮތުން މިސަރުކާރުގެ މެގަ ޕްރޮޖެކްޓެއް ކަމުގައިވާ އަމީނީ މަގުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި ކަން ފާހަގަ ކޮށްލެވެއެވެ.

މޫސުން ގޯސްވެ ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވަނީ ބޯކޮށް ވާރޭ ވެހިފައިވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް