Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިޔާމްގެ ތުހުމަތެއް: ސިންގަޕޫރުގައި ހިފެހެއްޓި ކަމަށް ބުނެ ޚަބަރު ފެތުރީ ޑިމޮކްރެޓްސްއިން

ސިޔާމްގެ ތުހުމަތެއް: ސިންގަޕޫރުގައި ހިފެހެއްޓި ކަމަށް ބުނެ ޚަބަރު ފެތުރީ ޑިމޮކްރެޓްސްއިން
ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަޙްމަދު ސިޔާމްގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފިކަމަށް އަޑުފެތުރެއްވެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ޕާޓީ, ދަ ޑިމޮކްރެޓްސްއިން ކަމަށް އެމަނިކުފާނު ތުހުމަތު ކުރައްވައިފިއެވެ. ސިންގަޕޫރުން މިރޭ ރާއްޖެ ވަޑައިގެން މީޑިއާ ތަކާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ, އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ފުރަތަމަ އަޑު ފަތުރާފައިވަނީ ޓްވިޓަރގައި ޑިމޮކްރެޓްސްއަށް ސަޕޯޓް ކުރަމުން އަންނަ ހޭންޑަލްއެއް ކަމަށްވާ ހަސަން ކުރުސީ ކަމަށެވެ. "އެއީ ކޮންމެވެސް ކުރުސޮރެއް ކިޔާ މީހަކު ޓްވީޓްކޮށްލީ, ޓްވީޓުކޮށްލާފައި އަޅުގަނޑު މިހެންނޭ މިއޮތީ. އެހެންވީމާ އެބޭފުޅުން ހިންގި ކަމެއްކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ" ޝިޔާމް ވިދާޅުވީ, އެމަނިކުފާނަށް މިކަމުގައި ތުހުމަތުވަނީ ޑިމޮކްރެޓްސް ކަމަށެވެ. "އަޅުގަނޑަށް ހީވަނީ ރާއްޖޭގައި އެންމެ ފަހުން ހެއްދެވި ސިޔާސީ ޕާޓީގެ ލީޑަރު, ދަ ޑިމޮކްރެޓްސް, ކޮންމެވެސް ބައެއް, އެ ބޭފުޅުން ކުރެއްވި ކަމެއްގެ ގޮތުގައި ފާހަގަވެފައި އިނީ."
ސިޔާމް ވިދާޅުވީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި އެއްވެސް ވަރަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ނުވަތަ ސިންގަޕޫރުގައި ބަންދުކޮށް ނޫނީ އެ ގައުމުން ނުފުރޭނެ ގޮތެއް ހަދާފައި ނެތްކަމަށާއި ޕާސްޕޯޓް ހިފެހެއްޓި ވާހަކަ އަޑު އެއްސެވީ ނޫސްތަކުގެ ހެޑްލައިންތަކުންކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް