Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޝިޔާާމްގެ ރައްދު އަމީންއަށް: ޕީޕީއެމްގެ އުއްމީދު ކިޔައި ނުދީ!

ޝިޔާާމްގެ ރައްދު އަމީންއަށް: ޕީޕީއެމްގެ އުއްމީދު ކިޔައި ނުދީ!

އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ އުއްމީދު، އެ ޕާޓީއަށް ކިޔައި ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ޒުވާނުންނަށް ޚާއްސަކޮށް ބޭއްވި ޖަލްސާގައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އަށް އޮތް އުއްމީދަކީ، ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމް ކަމަށް ޤާސިމްގެ ތަރުޖަމާނު އަމީން ވިދާޅުވެފައިވާތީ، އޭނާއަށް ރައްދު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ، ޖޭޕީން އަދިވެސް ތިބީ ކަނޑު ވިއްކައިލާ، ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި އެތައް ވައްކަމެއް ކޮށް، ދައުލަތް ދިރުވައިލި ސަރުކާރާއިއެކުގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

https://twitter.com/Shiyamaldives/status/1682467491333947393?t=VabWm52q2MhN5vyDmgAw5Q&s=19

ޒުވާނުންނަށް ޚާއްސަކޮށްގެން "35-18" ގެ ނަމުގައި ޖޭޕީން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަމީން ވިދާޅުވީ, ރާއްޖޭގެ ސިޔާސީ މަޝްރަޙް ބައްޓަން ވެގެންދާ ގޮތަށް ބަލާއިރު, ސިޔާސީ މަޝްރަޙް ދިރާސާ ކުރައްވާ ވަރަށް ގިނަ ބޭފުޅުން މިއީ ޤާސިމްގެ ފަހަރުކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އަދި ޤާސިމްގެ ތަޖުރިބާތަކާއި, ވައުދުތަކާއި, ރައްޔިތުންނަށްޓަކައި ކޮށްދީފައިވާ މަސައްކަތްތަކަށް ބަލާލުމުން ވެރިކަމަށް އެންމެ ރަނގަޅު ފަރާތަކީ ޤާސިމްކަން ގިނަ ދިވެހި ރައްޔިތުން ޤަބޫލު ކުރާ ކަމަށް އަމީން ވިދާޅުވިއެވެ.

އަމީންގެ ވާހަކަފުޅުގައިވަނީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ.

އަމީން ވިދާޅުވެފައިވަނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްއަށް ވެސް މި އިންތިޚާބުގައި އެންމެ ރަނގަޅު ގޮތަކީ ޖޭޕީގެ ފަހަތަށް އެރުން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް