Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޒުވާނުންގެ މައްސަލަތައް ޙައްލު ކުރެވޭނީ، ތަޖުރިބާ ހުރި ޤާބިލު މީހަކަށް: ޤާސިމް

ޒުވާނުންގެ މައްސަލަތައް ޙައްލު ކުރެވޭނީ، ތަޖުރިބާ ހުރި ޤާބިލު މީހަކަށް: ޤާސިމް

ދިވެހި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރެވޭނީ އެ މައްސަލަތައް ހައްލު ކުރެވޭފަދަ ތަޖުރިބާހުރި ޤާބިލު މީހަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު، އަދި އެ ޕާޓީގެ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީން ރޭ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ކެމްޕެއިން ހަރަކާތުގައި ގިނަ ޢަދަދެއްގެ ޒުވާނުން ބައިވެރިވެފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި، ކުރެއްވި ޓްވީޓެއްގައެވެ.

ޤާސިމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޒުވާނުންގެ ވޯޓަކީ އެމަނިކުފާނަށް ނުހަނު ބޭނުން އެއްޗެއް ކަމަށެވެ.

Advertisement
HDC — Sidebar (box)

ޤާސިމް މީގެ ކުރިން ވެސް ވަނީ ޖުމްހޫރީ ޕާޓީން ކުރާ ދަތުރުގައި ޒުވާނުން ބައިވެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ ގައުމުގައި މިވަގުތު ހުރި ނުހަނު ގިނަ މައްސަލަތަކަށް ހައްލު ގެނެވޭނީ ވީހާވެސް ގިނަ ޒުވާނުން އޭނާއާއެކު ދަތުރުގައި ބައިވެރިވެގެން ކަމަށެވެ.

“ހާސްކަނޑާލާ. ހަމަޖެހޭނެ.” ޤާސިމް ވިދާޅުވެފައިވެއެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް